ސިޔާސީ ލީޑަރުން އުފައްދަން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް -- އެމްޓީޑީ އިން ވޯކްޝޮޕްތަކެއް ފަށައިފި އެވެ.
"ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑަޝިޕް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕްގެ ބޭނުމަކީ ތަމްރީނާއި ތަރައްގީގެ ތެރެއިން ލީޑަރުން އުފެއްދުން ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްޓީޑީ އިން ބުނި ގޮތުގައި މި ވޯކްޝޮޕްތަކަކީ ސިލްސިލާކޮށް ބާއްވާ ވޯކްޝޮޕްތަކެކެވެ.

ސިޔާސީ ލީޑަރުން އުފައްދަން އެމްޓީޑީ އިން ފެށި ވޯކްޝޮޕްގެ ތެރެއިން
މި ސިލްސިލާގެ ފުރަތަމަ ވޯކްޝޮޕް ފަށާފައިވަނީ މިއަދު ހެނދުނު 9:00ގަ އެވެ.
ޝީ ބިލްޑިންގައި ކުރިއަށްދާ ވޯކްޝޮޕް މިއަދު ހަވީރު 4:00ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެ އެވެ.