މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އެމްޓީޑީގެ އާ އޮފީސް ހުޅުވައިފި

Aug 16, 2023
އެމްޓީޑީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް -- އެމްޓީޑީގެ އާ އޮފީސް ރޭ ހުޅުވައިފި އެވެ.

އެމްޓީޑީގެ އާ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކެވެ. މިއީ އެމްޓީޑީން ހުޅުވި ދެވަނަ އޮފީހެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެމްޓީޑީގެ މެންބަރުންގެ ކިބައިން އެދިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެމްޓީޑީގެ ބޭފުޅުން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

ޕާޓީގެ އާ އޮފީހާއެކު ޕާޓީގެ މަސައްކަތްތައް ވަރުގަދަކޮށް 2028ގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް އެމްޓީޑީން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހާމަކުރި ގޮތުގައި އެމްޓީޑީގެ މެންބަރުންގެ އަދަދަކީ 3،016 އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910