ރައީސް މުހައްމަދު ނަޝީދު

ދީނަށް ހުތުރު އެރުވުމުގައި އެންމެ ބޮޑު ހުތުރު ލިބެނީ ދިވެހިންނަށް: ނަޝީދު

Feb 4, 2016
5

އިސްލާމް ދީނުގެ ނަމުގައި ދީނަށް ހުތުރު އަރުވަން ކުރާ މަސައްކަތުގައި މިއަދު އެންމެ ބޮޑު ހުތުރު ނަމެއް ލިބޭ ބަޔަކީ ދިވެހިން ކަމަށް ޖަލުގައި ހުންނެވުމަށްފަހު އިމަޖެންސީގައި ކުރަންޖެހޭ އޮޕަރޭޝަނެއް ކުރައްވަން ހާއްސަ ހުއްދައެއް ހޯދައިގެން އިނގިރޭސި ވިލާތަށް ވަޑައިގެން ސިޔާސީ ހަރަކާތް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ އެމްޑީޕީން އާޓިފިޝަލް ބީޗްުގައި ބޭއްވި ޖަލްސާއަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފަހަތުގައި ބަހައްޓަވައިގެން ރިކޯޑް ކުރައްވައި އިއްވެވި ވީޑިއޯ ސްޕީޗެއްގައި ރައީސް ނަޝީދު ވިދާޅުވީ ތަފާތު އެކި ނަންނަމުގަ އާއި އެކި މަގުސަދުގައި ހިންގާ ހަނގުރާމެވެރި ޖަމާއަތްތައް ދުނިޔޭގައިވާ ކަމަށާއި އޭގެ ތެރޭގައި އެކައްޗެއް ކިޔާ އެއްބަަކު އަނެއްބަޔަކާ މޫނު ދިމާވާ ބައެއް ނެތް ކަމަށެ.

"އިސްލާމް ދީނަށް ހުތުރު އަރުވަން ހިންގާ ކަނކަމުގައި އެންމެ ބޮޑު ހުތުރެއް ލިބޭ ބަޔަކީ މިއަދު ދިވެހިން، އެ ހުރިހާ ކަމެއްގެ ނަތީޖާއަކީ ރާއްހޭގެ ޓޫރިޒަމް ބޯދަށަށް ޖެހުން، އިގްތިސޯދު ދަށްވެ ވަޒީފާތައް ގެއްލި އަތްމަތި ދަތިވުން ވިޔަފާރިއާ އިގްތިސޯދަށް ލޮޅުން އަރައި އިންވެސްޓަރުން ރާއްޖެއާ ދެކޮޅަށް އަނބުރާލައި ބައިނަލް އަގުވާމީ ފިއްތުން ރާއްޖެއަށް ކުރިމަތިވުން، އެކަންކަން މިދަނީ ހާމއަަށް ފެންނަމުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެކަންކަމުން އަރައިގަތުމަށް އެމްޑީޕީ އާއި އަދާލާތާއި ޖުމްހޫރީ ޕާޓީ ނުކުންނަންޖެހޭ ކަމަށާއި މިހާރު އުފާވެރިކަން ލިބޭނީ ކުރީގެ ނައިބު ރައީސް އެ މަސައްކަތުގައި އެމްޑީޕީއެކު ނުކުންނެވުމުން ކަމަށާއި މިއީ އެންމެނަށް އޮތް ދަނޑިވަޅު ކަން ކަމަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށާއި އެމަނިކުފާނަށް ނިސްބަތްވާ ގޮތަށް ރައީސް ނަޝީދު ވަނީ ތަފާތު ވާހަކަތައް މިރޭ ދައްކަވައި ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތަކީ ދިވެހިންގެ ވެސް ސަލާމަތް ކަމަށާއި މިހާލަތުން އަރައިގަންނަން އެމްޑީޕީ ނުކުންނާނެ ކަމަށާއި ހެދިހާ ގޮތަކަށް ރުހެން ނުތިބޭނެ ކަމަށާއި ރާއްޖެ އަނދަވަޅަކަށް ވައްޓާލިއަ ނުދޭނެ ކަމަށެވެ،

"މިރާއްޖެއާމެދު ގޮތް ނިންމާނީ ދިވެހި ރައްޔިތުން. އަޅުގަނޑުމެން ދުލެއް ނުކުރާނަން. އަޅުގަނޑުމެން އެނބުރި އަންނާނަން"