އެއް ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ ހަތަރު މީހުން ހުއްޓުވާ ސައިކަލް ދުއްވަން އިން މީހާ ޖޫރިމަނާކޮށްފި އެވެ.
މާލޭގެ މަޖީދީ މަގުގައި މިސައިކަލް ދުއްވަމުން ދަނިކޮށް މީހަކު ވީޑިއޯކޮށް ސޯޝަލްމީޑިއާއަށް މި ވީޑިއޯ ލާފަ އެވެ.
މިސައިކަލްގައި ތިބީ ބިދޭސީ ދެމަފިރިންނާއި އެމީހުންގެ ދެ ދަރިން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން މިރޭ ބުނީ ހަތަރު މީހުން އަރުވައިގެން ސައިކަލް ދުއްވި މީހާ ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އަރައިގެން ސައިކަލް ދުއްވުމަކީ މަނާ ކަމެކެވެ.