މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ އިން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންނާއި އާއިލާ އިން ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ) އެވެ.

ފުލުހުން ބުނީ ނާފިއު ގެއްލިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި އިދާރާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާ ހޯދިފައި ނުވާ ކަމަށެވެ.

ނާފިއުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަނަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.