މޯލްޑިވްސް ޕޮލިސް ސާވިސް

މެޖިސްޓްރޭޓަކަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި

މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިނުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި މީހުން އިންޒާރު ދިން ކަމަށް ބުނަނީ ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމަށެވެ.

މިމައްސަލައިގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

މި މީހުން މެޖިސްޓްރޭޓަށް އިންޒާރު ދިން ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

މައްސަލަ ތަހުގީގުކުރާތީ ފުލުހުންވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.