މޯލްޑިވްސް ޕޮލިސް ސާވިސް

ގެއަކަށް ވަދެ ބިރުދައްކާ މުދަލަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމަންޓަކަށް ގުރޫޕަކާ އެކު ވަދެ ތޫނު އެއްޗަަކުން މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުން ދިން މައްސަލައިގައި ހޯދަމުން ދިޔަ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް ހޯދަން އިއުލާންކުރީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އެވެ.

ފުލުހުން މިއަދު ބުނީ ސަމީން އަމިއްލައަށް ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސަމީން ހޯދީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ، މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މިއަމަލާ ގުޅިގެން ސަމީން ހޯދީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށްވެސް ފުލުހުން ރޭގެ ވަގުތެއްގައި މައުލޫމާތު ދީފައިވެ އެވެ.