އައި ކެއާ

އައިކެއަރއަށް 20 އަހަރު ފުރުން ފާހަގަކުރަން ފިޔަވަތިއަށް ހާއްސަ ހަދިޔާތަކެއް

އައިކެއަރ އޮޕްޓިކަލްސްއަށް މިއަހަރު 20 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި ހިންގަމުންދާ "ފިޔަވަތި" އަށް ބޭނުންވާ ފަރުނީޗަރު ހަދިޔާކޮށްފި އެވެ.

މިތަކެތި ރަސްމީކޮށް ހަދިޔާކޮށްދެއްވީ ފިޔަވަތީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައިކެއަރގެ އެޑްމިނިސްޓްރޭޓަރު އައިމިނަތު އީނާސް އެވެ. ފިޔަވަތީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސީއީއޯ ޒީނާ ގާސިމް އެވެ.

މިރަސްމިއްޔާތުގައި ޒީނާ ވިދާޅުވީ އައިކެއަރ އިން ހަދިޔާކުރީ އެތަނަށް ކޮންމެހެން ބޭނުންވެފައި ހުރި ފަރުނީޗަރު ކަމަށެވެ. އަދި އެކަން ފާހަގަކުރައްވާ ޒީނާ ވަނީ އައިކެއަރގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން އައިކެއާގެ މިފަދަ އެހީތައް ކުރިމަގުގައިވެސް ލިބޭނެ ކަމަށް،" ޒީނާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް މުޖުތަމައަށް އެހީވުމުމުގެ ގޮތުން އައިކެއަރ އިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. އެގޮތުން އައިކެއަރގެ ސީއެސްއާރުގެ ދަށުން މިދިޔަ އަހަރުވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަކަށް 'މަމްސް' ޖަމިއްޔާ މެދުވެރިކޮށް ގިނަ ތަކެތި ހަދިޔާކޮށްފަ އެވެ.