ބޮލީވުޑް

ގޯހަރް ޚާން ވިހޭ ފަހުން 10 ކިލޯ ލުއިވެއްޖެ

ޓީވީ އަދި ފިލްމު ބަތަލާ ގޯހަރް ޚާން ވިހޭ ފަހުން 10 ކިލޯ ލުއިވެއްޖެ ކަމަށް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފި އެވެ. ގޯހަރް ވިހާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ކުޑަ ފިރިހެން ކުއްޖެއްގެ މަންމަ އަކަށް ވުމުގެ އުފާ ހާސިލުކުރަމުންދާ ގޯހަރްގެ ސްޓޯރީޒްގައި އޭނާ ބަނޑުބޮޑުއިރުގެ ފޮޓޮއަކާއި މިހާރުގެ ފޮޓޮއެއް ވެސް ޕޯސްޓް ކޮށްފައި ވެއެވެ.

"ވިހޭތާ 10 ދުވަސް ތެރޭގައި 10 ކިލޯ ލުއިވެއްޖެ. އަލްޙަމްދުލިއްﷲ. އަދި ހަ ކިލޯ ލުއިކުރަން ޖެހޭ. އޭރުން މުޅިން ހަމައަކަށް އެޅޭނީ،" ގޯހަރް ލިޔެފައި ވެއެވެ.

ގޯހަރް އަކީ އަބަދުވެސް ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ބަތަލާ އެކެވެ. ޔޯގާ އާއި ކަސްރަތު ގަވާއިދުން ކުރާތީ އޭނާ އަބަދުވެސް ހުންނަނީ ވަރަށް ލޫޅާފަތިކޮށެވެ.

ގޯހަރް އާއި ފިރިމީހާ ޒައިދު ދަރްބާރް ކައިވެނިކުރީ 2020ގަ އެވެ. އަދި ކުއްޖެއް ލިބޭކަން އިއުލާން ކުރީ 2022ގެ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން ދެމަފިރިން އުމުރާގެ އަޅުކަން ފުރިހަމަ ކޮށްފައި ވެއެވެ.

ޒައިދު އަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އިސްމާއިލް ދަރްބާރްގެ ދަރިއެކެވެ. އަދި ޚުދް އޭނާ އަކީ ވެސް ލަވަކިޔުމާއި މިއުޒިކްގެ ދާއިރާއިން ކުރިހޯދަން މަސައްކަތްކުރަމުންދާ މީހެކެވެ.