މާލޭ ސިޓީ ކައުންސިލް

ބޮޑު އީދުގައި 100 ބަކަރި ކަތިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

ކުރިއަށް އޮތް ބޮޑު އީދުގައި 100 ބަކަރި ކަތިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރު އުލްހިޔާ ކަތިލުން ކުރިއަށް ގެންދަން ބޭނުންވަނީ ހެޔޮއެދޭ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ވަރަށް ފުޅާކޮށް ކަމަށެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅިގެން މިދިޔަ އަހަރު ބޮޑު އީދުގައިވެސް މާލެ ސިޓީ ކައުންސިލުން އުލްހިޔާ ކަތިލާފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ބަކަރި ކަތިލުމަށްފަހު ބަކަރި މަސް ހިލޭ އާންމުންނަށް ބެހުމަށެވެ.

ބޮޑު އީދާ ދިމާކޮށް އުލްހިޔާ ކަތިލުމަކީ އާންމުންވެސް އަދި ބައެއް ލޯކަލް ކައުންސިލްތަކުން ވަރަށް އިސްކަންދޭ ކަމެކެވެ.