ޖޭއެސްސީ

ވަރިވާން ހުށަހެޅި އަންހެނަކަށް ގާޒީ ގުޅާ މައްސަލަ ޖޭއެސްސީއަށް

ފިރިމީހާގެ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބައްލަވާ ގާޒީ، އެ އަންހެން މީހާއަށް ގުޅާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

މައްސަލައިގައި ތުހުމަތުކުރަނީ ހދ. އަތޮޅުގެ ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓަކަށެވެ.

މިމައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ހުށަހެޅި ފަރާތެއް އެނގިފައެއް ނުވެ އެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުން އިތުރުވެފައިވާއިރު ގާޒީންނަށް އެކި ފިޔަވަޅުތައް އެޅުންވެސް ވަނީ އިތުރުވެފަ އެވެ.