ލައިފްސްޓައިލް

8 އަހަރުގެ އަރްޝިއާ ބަރު އުފުލުމުން ނަމޫނާ ދައްކަނީ

އިންޑިޔާގެ ހަރްޔާނާގެ ޕަންޗްކުލާއަށް ނިސްބަތްވާ އުމުރުން އެންމެ އަށް އަހަރުގެ އަރްޝިއާ ގޯސްވާމީ އަކީ އާދައިގެ ކުއްޖެއް ނޫނެވެ. އޭނާގެ ގައިގެ ބާރުގަދަކަމާއި ބަރު އުފުލުމުގައި އޭނާގެ ހުރި ހުނަރާއި ފަންވަރަކީ އެފަދަ ދެވަނައެއް ނެތް މިސާލެކެވެ. އެހެން ގޮތަކަށް ބުނާނަމަ ބުނެވޭނީ ވެއިޓްލިފްޓިން ގޭމަށް އަރްޝިޔާ ތޫފާނެއް ގެނެސްފައިވާ ކަމަށެވެ.

ދާދިފަހުން ރިލީޒްކޮށްފައިވާ ވީޑިއޯއެއްގައި އަރްޝިޔާގެ ހަށިގަނޑުގެ ބާރާއި ފަންވަރު ވަރަށް ރަނގަޅަށް ދައްކާލާފައި ވެއެވެ. މި ކުޑަ ޖީނިއަސް ވަނީ ވަރަށް ފަސޭހަ ކަމާއެކު 60 ކިލޯގެ ބަރުދަން އުފުލާފަ އެވެ.

އޭނާގެ މި އާދަޔާޚިލާފު ޕާފޯމަންސް ފެނިފައި އެ މަންޒަރު ފެނުނު މީހުންނާއި ވެއިޓްލިފްޓިންގެ ޕްރޮފެޝަނަލުން ވެސް ތިބީ ހައިރާންވެ ބަސް ހުއްޓިފަ އެވެ. އަރްޝިޔާގެ އުމުރާއި އޭނާގެ އެތުލެޓިކް ސްކިލްސް އެހެން މީހުންނަށް ގޮން ޖަހާލާވަރު ވާތީ އެވެ.

"އަދިވެސް އެންމެ ވަރުގަދަ އެންމެ ހަގު އަންހެން ކުއްޖާ،" އިންސްޓަގްރާމްގައި އަރްޝިއާ ޕޯސްޓްކޮށްފައިވާ މި ވީޑިއޯގެ ކެޕްޝަންގައި އޭނާ ޖަހާފައި ވެއެވެ.

ހަގީގަތުގައި ވެސް އަރްޝިއާ ބުނެފައިވަނީ ތެދެކެވެ. އިންޑިއާ ކުދިންގެ ތެރެއިން 60 ކިލޯ އުފުލޭ މި އުމުރުގެ ކުއްޖަކު ނެތެވެ. ޝައްކެއް ވެސް ނެތް ގޮތުގައި އަރްޝިއާ އަކީ އެންމެ ބާރުގަދަ ކުއްޖާވެސް މެއެވެ. ސަބަބަކީ އޭނާގެ އުމުރުގެ ކުދިން ދުވެ، ކުޅެ، ފޮތް ކިޔާ މަޖާކުރަން ދުވާއިރު އޭނާ ބަރުއުފުލުމުގެ ރޮނގުން މަސައްކަތްކޮށް މިހޯދަމުންދާ ކާމިޔާބީއަކީ ނަމޫނާއަކަށް ވާތީ އެވެ.

އޮލިމްޕިކް މެޑަލް ހާސިލުކޮށްފައިވާ އަރްޝިއާ 'ދަ އިންޑިއާ ބުކް އޮފް ރެކޯޑްސް' އިން ފުރަތަމަ ފާހަގަކުރީ 2021ގައި އޭނާގެ އުމުރުން ހަ އަހަރުގައި 45 ކިލޯގެ ބަރުދަން އުފުލައިގެންނެވެ.

މިހާރު ވައިރަލް ވެގެން އުޅޭ އަރްޝިއާ ބަރު އުފުލާ މަންޒަރު ފެންނަ ކްލިޕްގައި މި ކުޑަ އަންހެން ކުއްޖާ 60 ކިލޯގެ ބަރު އެއްވެސް އުނދަގުލަކާ ނުލާ އެއްފަހަރުން އުފުލާލައި ތިރިކުރާތަން ފެނެ އެވެ. އަދި ކެމެރާ އަށް ސީދާ އޭނާ ބަލާލާއިރު އޭނާގެ މޫނުން ހިތްވަރާއި އަޒުމު އަދި މިކަން ކުރުމަށް އޭނާގެ ހިތުގައި އޮތް އަޒުމު ހާމަވެ އެވެ.

ޕަވާލިފްޓިން އާއި ޓައިކްވޮންޑޯއަށް ވެސް އަރްޝިއާ ޝައުގުވެރިވެ އެވެ. އަދި އެ ދެ ކަންވެސް އޭނާ ކުރަމުން ގެންދެ އެވެ.

އަރްޝިއާގެ ބައްޕައަކީ ލައިސަންސް ލިބިފައިވާ ފިޓްނަސް ޓްރެއިނާ އެކެވެ. އަރްޝިއާ ވަރަށް ކުޑައިރުއްސުރެ އޭނާގެ ބައްޕައާ އެކު ވޯކްއައުޓްސްގައި ބައިވެރިވެ އެވެ.

އުމުރުން ހަ އަހަރުގައި އޭނާ ފުރަތަމަ ފެށީ ޑެޑްލިފްޓިން އެވެ. ވެއިޓްލިފްޓިން ފެށީ ހަމަސް ފަހުންނެވެ.