ޑީއެންއާރް

އައިޑީ ކާޑު ހެދުމަށް ދުވާލަކު ދޫކުރާ ނަންބަރު އިތުރުކޮށްފި

އިންތިހާބެއްގައި ވޯޓުލުމަށް މީހަކު އައިޑީ ކާޑު ބޭނުންކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

އައީޑީ ކާޑު ހެދުމަށް ދުވާލަކު ދޫކުރާ ކިޔު ނަންބަރުގެ އަދަދު އިތުރުކޮށް އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އައިޑީ ކާޑު ހެދުމަށް މީގެކުރިން ދޫކުރަމުން ދިޔައީ ދުވާލަކު 400 ކިޔު ނަންބަރެވެ. ނަމަވެސް މިއަދުން ފެށިގެން އެ އަދަދު 600 އަށް އިތުރުކުރުމަށް ޑީއެންއާރް އިން ވަނީ ނިންމާފަ އެވެ.

އައިޑީ ނެގުމަށް ކުރިން ނަންބަރު ދޫކުރަމުން ދިޔައީ ހެނދުނު 10:00 އިން ފެށިގެންނެވެ. ނަމަވެސް މިއަދުން ފެށިގެން އައިޑީ ކާޑު ނެގުމަށް ދޫކުރާ ކިޔު ނަންބަރު ހެނދުނު 8:00 އިން ފެށިގެން ނެގޭނެ އެވެ. އެކަމަކު އައިޑީ ކާޑު ދޫކުރަން ފަށާނީ ހެނދުނު 8:30 އިން ފެށިގެންނެވެ.

ޑީއެންއާރް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބަދަލު ގެނައީ އައިޑީ ކާޑުގެ ހިދުމަތް ދިނުން އަވަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

އައިޑީ ކާޑު ހެދުމަށް ދޫކުރާ ނަންބަރު އިތުރުކޮށް، އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކުރަން ނިންމާފައި މިވަނީ ކުރިން އެއް ދުވަހުން ހަދައިދޭ އައިޑީކާޑު ހެދުން އެތައް ދުވަހަކަށް ލަސްވެ އާންމުންނަށް ބައެއް ހިދުމަތްތައް ހޯދަން ދަތިވެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910