ހަބަރު

ދެ ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރަން ހަވާލުކޮށްފި

ދެ ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރަން ދެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފި އެވެ.

މި ދެ ރަށުގެ މައްކަތުގެ ތެރެއިން އދ. ދަނގެތީގެ މަސައްކަތް ހަވާލު ކުރީ ލަކީ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާއެވެ. ރ. މީދޫގެ މަސައްކަތް ހަވާލު ކުރީ ފެންކުންފުންޏާ އެވެ. ދެ ރަށުގެ މަސައްކަތުގެ އަގު 57 މިލިޔަން ރުފިޔާއަށް އަރައެވެ.

މީގެ ތެރެއިން ދަނގަތީގެ މަސައްކަތުގެ އަގަކީ 26 މލިޔަން ރުފިޔާ އެވެ. މީދުގެ މަސައްކަތުގެ އަގަކީ 30.8 މިލިޔަން ރުފިޔާ އެވެ.

މި ދެ ރަށުގައި ހިންގާ ދެ މަޝްރޫއުގެ އެއްބަސްވުންތަކުގައި މިއަދު ސޮއި ކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އަނެއް ދެކުންފުނިން ސޮއި ކުރެއްވީ އެތަންތަނުގެ އިސްވެރިންނެވެ.

ދަނގެތީގެ ފެނުގެ ނިޒާމްގެ މަސއްކަތް 270 ދުވަހުން ނިންމަންޖެހޭ އިރު ފެނުގެ ނިޒާމް ފަރުމާކުރުމަށް ބޭނުންވާ ސާވޭ އަދި ޑިޒައިންގެ މަސައްކަތް ކޮށް، މުޅި ރަށުގައި ފެނުގެ ނިޒާމް ގާއިމްކުރަންޖެހެ އެވެ.

ފެންކުންފުނިން ހަވާލުވި މީދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް 330 ދުވަހުން ނިންމަންޖެހެ އެވެ.