އެސްޓީއޯ

އެސްޓީއޯގެ ހޮޓެލް އާބަންކޯއަށް، ބަދަލުގައި ދެ ބިން

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތް ކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓުނު ހޮޓަލް އާބަންކޯއިން ނެގުމަށްފަހު އެސްޓީއޯއަށް ދެ ބިން ދިނުމަށް ނިންމައިފި އެވެ.

އެސްޓީއޯގެ ހޮޓެލް އާބަންކޯ އިން ނެގުމަށްފަހު ދެ ބިން ދޭން ނިންމިކަން ހާމަކުރީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އެވެ.

ސައީދު ވިދާޅުވީ ފައިސާގެ ބަދަލުގައި އާބަންކޯއިން ބިން ހުށަހަޅާފައިވާ ކަމަށާއި އާބަންކޯއާއެކު ސެޓްލްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ބިމެއް ހޯދީ 2007 ވަނަ އަހަރު އެވެ.

އޭގެ ފަހުން "ރެޑިސަން ބުލޫ" ގެ ނަމުގައި މިފަދަ ވިޔަފާރިތައް ކުރާ އެެމެރިކާގެ ކާލްސަން ގުރޫޕާއެކު ހޮޓާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް 2011 ގައި ފެށިީ 250 ކޮޓަރި ހިމެނޭ ގޮތަށެވެ. އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ.

އެސްޓީއޯގެ ހޮޓެލް ހިންގާނެ ބަޔަކު ހޯދަން މީގެ ކުރިން އިއުލާނުވެސް ކުރި އެވެ.