ޕީޕީއެމް

އިނގުރައިދޫން 100 މީހުން ޕީޕީއެމަށް ސޮއިކޮށްފި

ރ. އިނގުރައިދޫ އިން 100 މީހަކު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ގުރައިދޫ ކައުންސިލުން ވަނީ އެރަށުން އަލަށް ޕީޕީއެމްއާ ގުޅުނު 100 މީހުންގެ ފޯމް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އިތުރު ވުމަކީ ޕާޓީއަށާއި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ހަމަޖެހުން ލިބިގެންދާނެ ކަމަށެވެ. އެހެން ކަމުން މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ އިތުރު މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މިހާރު ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ. ސައްހަ މެންބަރުން އެންމެ ގިނަ ޕާޓީ. އެެހެން ނަމަވެސް އެވަރަކުން ފުއްދާލާކަށް ބޭނުމެއް ނުވޭ،" މައުމޫން ވިދާޅުވި އެވެ.

މިއަހަރު ތެރޭ ޕީޕީއެމަށް 100،000 މެންބަރުން ހަމަ ކުރައްވާނެ ކަމަށް އެންމެ ފަހުން އެ ޕާޓީން ބޭއްވި ޖަލްސާގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ.