ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކުލަބު ވެލެންސިއާގެ ފަރިތަކުރުންތައް މިއަދު ފަށައިފި އެވެ.
ޓާފް ދެ ނަންބަރު ދަނޑުގައި ވެލެންސިއާގެ ފަރިތަކުރުންތައް ފެށީ އެ ޓީމުގެ ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުންނެވެ.
ވެލެންސިއާގެ ފަރިތަކުރުންތައް ފެށިއިރު ކުރީ އަހަރުތަކާ ހިލާފަށް މި ސީޒަނަށް އެ ޓީމު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މި ގޮތުން ޓީމަށް އަލަށް ގެނެސްފައިވާ ހުރިހާ ކުޅުންތެރިން ވެސް އިއްޔެގެ ޕްރެކްޓިހުގައި ބައިވެރިވި އެވެ.
އާ ސީޒަނަށް ވެލެންސިއާއިން ގެނެސްފައިވަނީ ކުރިން ވެސް އެ ޓީމަށް ކުޅުނު ނިއުރޭޑިއަންޓްގެ ޑިފެންޑަރު ޝާފިއު އަހުމަދާއި އީގަލްސް އާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާއި ނިއުގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ހަސަން އަދުހަމް (ސަޑޭ) އެވެ.
މީގެ އިތުރުން ކެޕްޓަން އިބްރާހީމް އަބުދުﷲ (އިއްބެ) އާއި އަކުރަމް އަބުދުލްގަނީ އާއި އަހުމަދު ރިލްވާނާއި ޔޫސުފް ރަމީޒް އަދި ހުސައިން ނިހާނާއި އަބުދުއްރަޝީދު މާހިބު (އަބޫ) ވެސް ވަނީ ކޮންޓްރެކްޓް އާކޮށް އިއްޔެގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.
ވެލެންސިއާއިން އެންމެ ފަހުން ތައްޓެއް ހޯދީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމު އޮތީ ބަލިކަށި ޓީމެއްގެ ގޮތުގަ އެވެ.