ބޮލީވުޑް

ކެޓުރީނާ ކޮންމެ ހަފުތާއަކު ބާއްވާ ބަޖެޓް މީޓިންގް ވިކީއަށް ވަރަށް މަޖާ

ވިކީ އާއި ކެޓުރީނާ
0%
0%
0%

ވިކީ ކޯޝަލް ބުނި ގޮތުގައި އަންހެނުން ކެޓުރީނާ ކައިފް ކޮންމެ ހަފުތާއަކު އެއް ދުވަހު އެމީހުންގެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގޭގައި އުޅޭ އެންމެންނާއެކު ބަޖެޓް މީޓިންގް އެއް ބާއްވަ އެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުން އޭނާ އަށް ވަރަށް މަޖާ ކަމަކަށް ވެސް ވިކީ ބުންޏެވެ.

ވިކީ މި ބައްދަލުވުމުގައި ބައިވެރިވަނީ އޯޑިއަންސްގެ ގޮތުގައި ކަމަށާއި މި ބައްދަލުވުމުގައި އެ ހަފުތާއެއްގައި ގޭގެ ހަރަދުތައް ކުރި ގޮތުގެ ތަފްސީލު ކެޓުރީނާ ހޯދާ ކަމަށް ވިކީ ބުންޏެވެ.

"ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ހުރިހާ މުވައްޒަފުންނާ ބައްދަލުކޮށް ކެޓުރީނާ ގޭގެ ބަޖެޓާ ބެހޭ ގޮތުން މަޝްވަރާކޮށް ފައިސާ ޚަރަދު ކުރި ގޮތްތައް އޮޅުން ފިލުވާނެ. އަހަރެންގެ ނަޒަރުގައި އެއީ ވަރަށް ރަނގަޅު ކަމެއް. ނަމަވެސް އަހަރެން އިންނަނީ ހަމައެކަނި އެ ބައްދަލުވުން ބަލަން. އަހަންނަށް ވަރަށް މަޖާ އެ ބައްދަލުވުން ދާގޮތް. ޕޮޕްކޯން ހިފައިގެން އަހަރެން މުނިފޫހިފިލުވަން ކުރާ ކަމެއްގެ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވަނީ،" ވިކީ ބުންޏެވެ.

ވިކީ އާއި ކެޓުރީނާ ރައްޓެހިވެގެން އުޅޭކަން ސިއްރުކޮށްގެން އެތައް ދުވަހަކު އުޅުމަށްފަހު ޑިސެމްބަރު 2021ގައި ކައިވެނިކޮށްފަ އެވެ. އަދި މި ދެމަފިރިން ދަންނަ ގިނަ މީހުން ބުނާ ގޮތުގައި މިއީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ލޯބި ދެމަފިރިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910