ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބޮރިސް ޖޯންސަން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިން ޖޯންސަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވައިފި އެވެ.

ބޮރިސް ޖޯންސަންއާ ހަވާލާދީ އިނގިރޭސި ނޫސްތައް ބުނާ ގޮތުން ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ފިއްތުންތަކުގެ ސަބަބުން އޭނާއަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ދޫކޮށްލަން ޖެހިވަޑައިގަތީ އެވެ.

އަދި އޭނާ ކުރައްވާފައި ނުވާ އެތައް ކަމެއްގެ ޒިންމާ ބޮލުގައި އަޅުވައި ހައްގު ނޫން ބަސްތަކުގެ ސަބަބުން މަޖިލީހުން ބޭރުވެވަޑައިގަތީ އެވެ.

ބޮރިސް ޖޯންސަން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު -- އަދި ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު، މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައި، އިނގިރޭސި ބޮޑުވަޒީރުގެ ގަނޑުވަރުގައި ވަނީ ޕާޓީކުރައްވާފަ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑުން ރައްކާތެރިވުމަށް ސިއްހީ ދާއިރާއިން މަޖުބޫރުކޮށްފައި ހުރި ފިޔަވަޅުތައް ބޮލާލައި ޖައްސަވައި، ލޮކްޑައުން މުގުރާލައްވައި -- ގާތްދުރުކަމެއް ނެތި ދެ ޖިންސް މަސްހުނިވެ ވަނީ އުފާކުރައްވައި ބުއިންތައް ހިއްޕަވާފަ އެވެ.

ޖޯންސަން ވިދާޅުވި ގޮތުގައި އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބައެއްގެ އުނދަގުލާއި ޖެއްސުން އޭނާއަށް ވަރަށް ބޮޑެވެ. އަދި އެ މީހުން ކުރާ ދައުވާ ސާބިކުތުކުރެވޭ ވަރުގެ ހެކި ނެތްއިރުވެސް އޭތިމީތި ގޮވަމުން ދާތީ އިސްތިއުފާ ދެއްވީ އެވެ.

އިނގިރޭސި ވިލާތުގައި ނުބައި އާދަތަކެއް ސިޔާސީ ލީޑަރުންނަށް އަމާޒުވެފައި ހުރި ކަމަށް ޖޯންސަން ތުހުމަތުކުރައްވަ އެވެ. ކިތަންމެ އުސް މަގާމެއްގައި ހުރި މީހަކުވެސް، ޖެހިގެން އަންނަ ދުވަހު މަގާމު ދޫކޮށްލަނެ ޖެހިދާފަދަ އާދަތަކެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯންސަންގެ ޕާޓީން އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ހިމާޔަތް ލިބިވަޑައި ނުގަތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ކޮންމެ ބޭފުޅަކަށް ވެސް އެތިފަހަރެއް އަރާފާނެ ކަމަށެވެ.

"ޕާޓީގޭޓް" ނަމުން މަޝްހޫރުވެފައި އޮތް މި ހާލަތުގައި ޖޯންސަންގެ އަމަލުތައް ބަލައި ތަހުގީގުކުރި ޓީމަކުން އޮތީ ރިޕޯޓެއް އެކުލަވާލާފަ އެވެ. މި ރިޕޯޓަކީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރެވޭނެ ރިޕޯޓެކެވެ.

ޖޯންސަން އިސްތިއުފާ ދެއްވީ އޭނާ ކުރެއްވި އެއްވެސް މަސައްކަތަކުން ރިޕޯޓް ހުއްޓުވޭ ގޮތް ނުވުމުންނެވެ. މި ރިޕޯޓްގެ ސަަބަބުން އޭނާއާށް މަގާމު ގެއްލުމަކީ ވެސް އޮތް ފުރުސަތެކެވެ. މިހެންކަމުން ކުރިއާލައި އޭނާ އިސްތިއުފާ ދެއްވީ އެވެ.