އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ފުން ހިތާމައެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަރުދުވަހަށް ދާންދެން ބާލުސްކޯނީ އަކީ ގާތް އަދި އެހައިމެ އިޚުލާސްތެރި އެކެވެ.
ޕޫޓިން ސިފަކުރެއްވި ގޮތުގައި ޒަމާނީ އިޓަލީގެ ބާނީ އަކީ ބާލުސްކޯނީ އެވެ. ޒަމާނީ ސިޔާސީ ތާރީޚް ފެށިފައިވަނީ ވެސް އޭނާގެ ޒައާމަތުގައި -- އޭނާގެ ސިޔާސީ ހަޔާތާ އެކުގައި ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
"ބާލުސްކޯނީ އަކީ އަބަދުވެސް އަޅުގަނޑާ އެކު ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް،" އިޓަލީގެ ރައީސް ސާރުޖިއޯ މަޓަރެއްލާ އަށް ޕޫޓިން ފޮނުއްވި ހިތާމައިގެ މެސެއްޖެގައި ވިދާޅުވެފައި ވެއެވެ.
އޭނާ އަވަހާރަވުމުން އިހުސާސްކުރެއްވެނީ ބައެއް އުނިވެފައިވާ ގޮތަށް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ބާލުސްކޯނީ އަވަހާރަވީ ލިއުކީމިއާ ޖެހިވަޑައިގެން އާލާސްކަންފުޅުގައި އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ އިޓަލީގެ މިލާންގެ ހޮސްޕިޓަލެއްގައި ފުއްޕާމޭގައި އިންފެކްޝަނަކަށް ފަރުވާދެނިކޮށެވެ.
ބާލުސްކޯނީ އަވަހާރަވީ އުމުރުން 86 އަހަރުގަ އެވެ. އަވަހާރަވިއިރު ފަސް ދަރިންގެ ތެރެއިން ތިން ދަރިއަކު އަރިހުގައި ހޮސްޕިޓަލުގައި ތިއްބެވި އެވެ.
ރަޝިއާގެ ރައީސް ވިދާޅުވި ގޮތުގައި ބާލުސްކޯނީ އަކީ ރަނގަޅު ދަނޑިވަޅުގައި ރަނގަޅު ގޮތް އިޚުތިޔާރުކުރައްވާ ލީޑަރެކެވެ. ވާދަވެރިންނަށް ދޫދެއްވުމެއް ނެތި އަމިއްލަ ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅެކެވެ.
ސިލްވިއޯ ބާލުސްކޯނީ ސިޔާސީ ހަޔާތް ފައްޓަވައި ބޮޑުވަޒީރުގެ ރޭހަށް ނުކުމެވަޑައިގަތީ 1994 ގައެވެ. އެއަށް ފަހު އެކި ފަހަރު މަތިން ބޮޑުވަޒީރުގެ މަގާމު ހަތަރު ދައުރު އަދާކުރެއްވި އެވެ. އެހެން ނަމަވެސް، ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައި، ސިޔާސީ ކުޅިގަނޑުގައި ޖެހިވަޑައިގެން އިޓަލީގެ ގާނޫން މަނާކުރާ ބައެއް ގުޅުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސިޔާސީ ހަޔާތުގެ ފަހުކޮޅު، 2011 ގައި އިސްތިއުފާދެއްވިއިރު އިޓަލީ އޮތީ އިގުތިސާދީ ގޮތުން ސުވާލުއުފެދޭ ހާލަތުގަ އެވެ. އަދި ޔޫރަޕަށް ނިސްބަތްވާ ގަދަބާރެއް ގޮތުގައި އިޓަލީ ދެމެހެއްޓުމަށް ސީރިއަސް ފިޔަވަޅުތަކަކަށް އޮތީ ބޭނުންވެފަ އެވެ.
ބާލުސްކޯނީ އަކީ ޒާތީ ދިރިއުޅުމުގައި ވެސް މުއްސަނދި މަހުޖަނެކެވެ. އެހެންނަމަވެސް، އޭނާގެ ކުންފުނިތަކުން ޓެކްހަށް މަކަރުހެދިކަން 2013 ގައި ފަޅާއަރައި ވަނީ ތަހުގީގުކޮށްފަ އެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުން އޭނާއަށް އެއިރު ފަސް އަހަރަށް މަހާކުރި އެވެ.
ބާލުސްކޯނީ އަވަހާރަވިއިރު ވެސް އޭނާގެ މައްޗަށް އޮތް މައްސަލަތަކެއް ކޯޓުގައި ހިންގަމުން ދިޔަ އެވެ.