ހައްޖުގެ އަޅުކަން

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މައްކާއަށް

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މައްކާގައި -- ފޮޓޯ: ދިވެހި ހައްޖު މިޝަން
0%
0%
0%

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ފުރަތަމަ ގުރޫޕުގެ ހައްޖުވެރިން މައްކާއަށް ހިނގައްޖެ އެވެ.

ރާއްޖޭގެ ހައްޖު މިޝަނުން ބުނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށެވެ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއިން ފުރީ އިއްޔެ ހަވީރު 3:10ގަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އިއްޔެ 295 ހައްޖާޖީން ފުރިއިރު ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން މައްކާގައި ތިބޭނީ އަލްބަލަދުއްޠައްޔިބު އަޖްޔާދު ހޮޓަލުގަ އެވެ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ ހައްޖުވެރިންނާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ވަނީ ބައްދަލުކުރައްވާފަ އެވެ.

ދިވެހި ހައްޖުވެރިންނާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ބައްދަލުކުރައްވަނީ -- ފޮޓޯ: ދިވެހި ހައްޖު މިޝަން

ދިވެހި ހައްޖުވެރިންގެ ދެވަނަ ގުރޫޕު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:50 ގަ އެވެ. ދެވަނަ ގުރޫޕުގެ ހައްޖުވެރިންނަކީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދާ ހައްޖުވެރިންނެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:

  • ޖޫން 15 - އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް - ރޭގަނޑު 7:00
  • ޖޫން 16 - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން - ހަވީރު 3:10
  • ޖޫން 16 - އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް - ރޭގަނޑު 7:00
  • ޖޫން 19 - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން - ހަވީރު 3:10

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ. އަދި ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ.

ދިވެހި ސަރުކާރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 27ވާ އަންގާރަ ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910