އިލެކްޝަންސް ކޮމިޝަން

އަށް ރަށެއްގެ ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

އަށް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ހދ. ފިނޭ، ރ. އަނގޮޅިތީމު، ކ. ދިއްފުށި، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ކ މާމެންދޫގެ އިތުރުން ގދ. ހޯނޑެއްދޫގަ އެވެ.

މީގެ މި އަށް ރަށުގެ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ވޯޓުލުމަށް މާލޭގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު

  • ހދ. ފިނޭ-1 - 294 މީހުން
  • ރ. އަނގޮޅިތީމު-1 - 280 މީހުން
  • ކ. ދިއްފުށި-1 - 784 މީހުން
  • އއ. ފެރިދޫ-1 - 393 މީހުން
  • މ. ވޭވަށް-1 - 173 މީހުން
  • ތ. ގާދިއްފުށި-1 - 214 މީހުން
  • ލ. މާމެންދޫ-1 - 733 މީހުން
  • ގދ. ހޯނޑެއްދޫ-1 - 655 މީހުން
  • ބައި-އިލެކްޝަން، އަތޮޅު-މާލެ-1 - 667 މީހުން
  • ބައި-އިލެކްޝަން، އަތޮޅު-މާލެ-2 - 792 މީހުން

ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ބައި-އިލެކްޝަންތަކަށް ޖުމްލަ 4.985 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވެ އެވެ.