އަލިފާން

އާޒިމާގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Jun 17, 2023
2

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުގެ، މ. އާސްތާނާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. އާސްތާނާގެ ދެވަނަ ފަންގިފިލާގަ އެވެ.

އަވަސް އަށް މައުލޫމަތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު މެންދުރު 12:10 ހާއިރު އެވެ.

ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުން ހާދިސާ ހިނގީ ބާބަކިޔު ހަދަން އުޅުމުގެ ތެރޭގަ އެވެ. ނަމަވެސް މިކަން އަވަސްއަށް ކަށަވަރެއް ނުވެ އެވެ.