ދިރާގު

ދިރާގުން ހިލޭ ރައުޓަރާއި ސެޓްއަޕް ލިބޭ ޕްރޮމޯޝަނެއް

މުޅިން އަލަށް ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަ އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ފައިބަ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ލިމިޓެޑް ޓައިމް އޮފާގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުގެ މެނޭޖަ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވީ މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވާކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

"ދިރާގު ފައިބަ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ޖަނާ ވިދާޅުވި އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވާކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށްވެސް ދިރާގުން ބުންޏެވެ.