ބޮލީވުޑް

ކަރަންގެ ކައިވެނީގެ ހަފުލާގައި ގިނަ ފިލްމީ ތަރިން ބައިވެރިވި

ކަރަން އާއި ދްރިޝާގެ ކައިވެނީގެ ރަސްމިއްޔާތު
0%
0%
0%

ސަނީ ޑެއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑެއޯލް ކައިވެނިކޮށްފި އެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފްވީ ކަރަން ކައިވެނިކުރީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ދްރިޝާ އަޗާރިޔާއާ އެވެ.

ކަރަން އާއި ދްރިޝާގެ ކައިވެނީގެ ރިސެޕްޝަން މުމްބައިގައި ބާއްވާފައިވާއިރު އެ ޕާޓީގައި ސަލްމާން ޚާނާއި އާމިރު ޚާން ބައިވެރިވެފައިވެ އެވެ.

ކަރަންގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަ އާއި އޭނާގެ އެކުވެރިޔާ ޝަތުރޫގަން ސިންހާ ވެސް މި ޕާޓީން ފެނިފައިވެ އެވެ.

ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ވެސް މި ޕާޓީގައި ބައިވެރިވެ އަލަތު ކައިވެނީގެ ދެމަފިރިންނާއެކު ފޮޓޯ ނަގާފައިވެ އެވެ.

ކަރަން އާއި ދްރިޝާގެ ރިސެޕްޝަންގައި ސަލްމާނާއި އާމިރު

ކަރަންގެ ފުރަތަމަ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ އޭނާ ބޮލީވުޑަށް ތައާރަފްކުރުމުގެ ގޮތުން ބައްޕަ ސަނީ އުފައްދައި ޑައިރެކްޓްކުރި ފިލްމެކެވެ.

ނަސީބު ދެރަކަމުން އެ ފިލްމު ފްލޮޕްވެ ބޮޑު ގެއްލުމެއް ސަނީ އަށް އުފުލަން ޖެހުނެވެ. އަދި ކަރަން އަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ވަރަށް ގިނަ މީހުން އޭނާއަށް މަލާމާތް ކުރި އެވެ.

ކަރަން މިހާރު ދަނީ ދެވަނަ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީވެސް ދަރުމެންދުރަގެ އާއިލާ އިން އުފައްދާ އަދި އެ އާއިލާގެ ތިން ޖެނެރޭޝަން ބައިވެރިވާ ފިލްމެކެވެ. "އަޕްނޭ 2"ގައި ދަރުމެންދުރަ އާއި އޭނާގެ ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑެއޯލް އަދި ސަނީގެ ދަރިފުޅު ކަރަން ބައިވެރިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345