ކްރިމިނަލް ކޯޓް

ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހާ ހަމަހަށް ޖަލަށް

ފިހާރައެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހަކު ހަމަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ކަޑީމާގެ، އިބްރާހިމް ހަސަންގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާގައިވާ ގޮތުން ކުޅުދުއްފުށި ފަރިރީތި ފިހާރައިގެ ވެރިޔާއަށް އިބްރާހީމް ހަސަން ބިރުދެއްކީ މިއަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހު އެވެ.

އިބްރާހީމް ހަސަން ކުރި ކުށުގެ އަސާސީ އަދަބަކީ ހަ މަހާއި 18 ދުވަހެވެ. އެކަމަކު އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އަދި އޭނާ އިންޒާރު ދިން ނަމަވެސް އޭނާގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބިފައި ނުވާތީ ފަނޑިޔާރު ވަނީ އިބްރާހީމް ހަސަންގެ ކުށުގެ އަދަބު ހަމަސް ދުވަހަށް ކުޑަކޮށްފަ އެވެ.

މިހުކުމާ ގުޅިގެން އޭނާ ޖަލުގައި ތަންފީޒުކުރާނީ ފަސް މަހާއި 22 ދުވަހެވެ. އެއީ އޭނާ އިންޒާރު ދިނުމާ ގުޅިގެން ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓި އަށް ދުވަސް ކެނޑުމަށްފަހު އެވެ.