އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ ޗައިނާއަށް ވަޑައިގަންނަވަނީ އެވެ. އެކަމަކު މި ދަތުރަށް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރު އޮންނާނެ ކަމަށް ބޮޑަށް ބެލެވެނީ ޖުލައި މަހު އެވެ.
ޖޭމްސް ކްލެވާލީ ޗައިނާއަށް މި ވަޑައިގަންނަވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގެން ދެއްކެވި ބައެއް ވާހަކަތައް އަލުން ދެއްކެވުމަށެވެ. އެމެރިކާ އަށް ނުގުޑި ބައެއް ކަންކަމުގައި އިނގިރޭސިންނަށް ގުޑާތޯ ބެއްލެވުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެންތަނީ ބްލިންކެން ޗައިނާ ސަރުކާރުގައި އެދިވަޑައިގަތް ހުރިހާ ކަމެއް އަދި އޮތި ފުދޭ ގޮތަކަށް ނޫނެވެ. އެމެރިކާގެ ބައެއް ހުށަހެޅުންތަކަށް ޗައިނާ އިން ޖެހިލުމެއް ނެތި ނޫނެކޭ ބުނެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ޗައިނާ ދަތުރު ނިންމަވާލައްވައި ވޮޝިންގްޓަނަށް ވަޑައިގެންނެވި މަގުމަތީގައި ބްލިންކެން އިނގިރޭސިވިލާތުގައި މަޑުކުރެއްވި އެވެ. އަދި ލަންޑަންގައި ޖޭމްސް ކްލެވާލީއާ ބައްދަލު ކުރައްވައި -- ޗައިނާގައި ކުރެވުނު މަޝްވަރާތަކާ ބެހޭގޮތުން ހުލާސާކުރެއްވި އެވެ.
އެންތަނީ ބްލިންކެން ލަންޑަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާއާ އެކު ގާތް ގުޅުމެއް އޮތުމަކީ -- އެފަދަ ގުޅުމެއް ނެތުމަށް ވުރެ ރަނގަޅު ގޮތެކެވެ. އަދި ޗައިނާއާ މަޝްވަރާ ކުރެވޭ ހިސާބުގައި ތިބުމަކީ އެންމެ އެދެވޭ ގޮތެވެ.
ޖޭމްސް ކްލެވާލީ ޗައިނާއަށް ވަޑައިގެންވެސް ދައްކަވާނީ ހަމަ އެއް ވާހަކަ އެކެވެ. ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން އަދި އެމެރިކާއާ އިނގިރޭސިންގެ ދަހިވެތިކަން އޮތް ގޮތުން -- މިބައި މީހުންނަށް އެންމެ ބޮޑު ކަމަކަށް ވެފައި ވަނީ ޔުކްރޭންގައި ރަޝިއާ ބަލިކުރުމެވެ.
މިހެން ކަން އޮތުމުން އިނގިރޭސި ހާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެން އެންމެ ފުރަތަމަ މަޝްވަރާއަކަށް ވަނީ ޗައިނާ އިން ރަޝިއާ އަށް އެއްބާލުން ދިނުން ހުއްޓާލުމަށް ދެންނެވުމެވެ.
ޗައިނާގެ މަސްލަހަތާއި ޝައުގުވެރިކަން އޮތް ތަނެއްގައި އޮތީ އެވެ. އެހެންނަމަވެސް، އިނގިރޭސިން -- ހާއްސަކޮށް ހުޅަނގުން ބޭނުންވާ ގޮތް ޗައިނާގެ ވެރިންނަށް ޖޭމްސް ކްލެވާލީ ދަންނަވާނެ އެެވެ.
ދުނިޔޭގައި އެންމެ ނުބައި ހަދާ ދެ ގައުމު -- އެމެރިކާއާ އިނގިރޭސިވިލާތުން ދެންވެސް ބަލާނީ އެ މީހުންގެ އެޖެންޑާ ތަންފީޒުކުރެވޭތޯ އެެވެ. އެހެނެއް ކަމަކު، ސިޔާސީ ތަޖުރިބާކާރުން ވިދާޅުވަނީ ޗައިނާ މިހާރު އޮތީ އެހާ ފަސޭހައިން ހުޅަނގަށް ގުޑާ ގޮތަކަށް ނޫން ކަމަށެވެ.
ހުޅަނގުން ވަކި އެޖެންޑާއެއް ހާސިލުކުރަން އެދޭނަމަ -- ޗައިނާ އަށް ވެސް ކޮންމެވެސް އެއްޗެއް އޮންނަން ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޗައިނާގެ މަސްލަހަތު ބާކީވާނަމަ ހުޅަނގުގެ ހުށަހެޅުންތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.