ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެންބަރުން މަޖިލީހުގެ ގޮނޑިތައް ޗެމްބަރުން ނެރެފި

އިދިކޮޅު މެންބަރުން މަޖިލީހުގެ ގޮނޑިތައް ގޯތި ތެރެއަށް ނެރެނީ
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާތީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޗެމްބަރުގައި ހުރި ގޮނޑިތައް މަޖިލީހުގެ ގޯތިތެރެއަށް ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރާ އާންމު އުސޫލުންނަމަ މިއަދު މިއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހެކެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ އެކު އެ ދެބޭފުޅުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަތުމުން މަޖިލީހުގެ ޖަލްސާތައް މި ހަފްތާ ކުރިއަކަށް ނުދެ އެވެ.

އެކަމަކު އިދިކޮޅު ޕީޕީއެމްގެ މެންބަރުން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ދެކެވަޑައިގެން ކޮންމެ ދުވަހަކުވެސް މަޖިލީހުގެ އިދާރާއަށް ހާޒިރުވެ އެވެ. އެގޮތުން މިއަދުވެސް އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވި އެވެ. ނަމަވެސް ޖަލްސާ ކުރިއަށް ނުދާތީ ޗެމްބަރުގައި ހުރި ގޮނޑިތައް އިދިކޮޅުން ވަނީ މަޖިލީހުގެ ގޯތި ތެރެއަށް ނެރެފަ އެވެ.

ގޮނޑިތައް ނެރުމުގައި އުޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ މަޖިލިސް މެންބަރުން މިވަގުތު ތިބީ ރައީސް އޮފީހުގައި ރައީސް ބައްދަލުވުމުގެ އިންތިޒާރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު އުސޫލުންނަމަ މިއަދު މިއީ މިދައުރުގެ ފަހު ޖަލްސާވެސް އޮންނަ ދުވަހެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުންނަމަ މަޖިލިސް ޗުއްޓީ ނިންމުމަށްފަހު ދެން ޖަލްސާތައް ފެށޭނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މަޖިލިސް ހުއްޓިފައި އޮތުމުގެ ޒިންމާ އިދިކޮޅުން އަޅުވަނީ ސަރުކާރުގައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހުއްޓުވާލީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން އިދިކޮޅު މެންބަރުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910