އޭޑީކޭ ޓްރޭޑިން

ބޭޑް ލެބްގެ ހާއްސަ ޕްރޮމޯޝަނެއް, އަގުހުރި އެތައް އިނާމެއް

Jun 22, 2023

އޭޑީކޭ ޖެނަރަލް ޓްރޭޑިން އިން ރާއްޖޭގައި ވިއްކަމުން އަންނަ ފިރިހެނުންނަށް ހާއްސަ ބޭޑް ލެބް ބްރޭންޑްގެ ޕްރޮޑަކްޓްތައް ގަނެގެން, އަގުހުރި އެތައް އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަހަރުގެ އޯގަސްޓް 15ގެ ނިޔަލަށް ކުރިއަށްދާ މިޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ބޭޑް ލެބްގެ ޕްރޮޑަކްޓް ގަތުމަށް 100ރ. އިން މަތިން ހަރަދު ކުރުމަށްފަހު, ރިސީޓް 7939339 ނަންބަރަށް ވައިބާ ކުރުމުންނެވެ.

ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ދެ ހަފްތާ އިން އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެގޮތުން ކޮންމެ ދެ ހަފްތާ އަކުން ހޮވޭ ނަސީބުވެރި އަކަށް ބޯޒް ބްރޭންޑްގެ ސައުންޑް ލިންކް މައިކްރޯ ބްލޫޓޫތު ސްޕީކަރެއް ލިބޭއިރު ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ, ފްލައިމޯ ކޮމްބޯއާ އެކު ޑީޖޭއައި މިނީ ޓޫ ޑްރޯނެކެވެ.

ރާއްޖޭގެ މާކެޓުގައި ވިއްކާ ފިރިހެނުންނަށް ހާއްސަ ބްރޭންޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ބޭޑް ލެބްގެ ޕްރޮޑަކްޓްތައް އޭޑީކޭޖީޓީ ސްނެޕް، ގަންނަ މާޓް އަދި އޭޑީކޭ ފާމަސީތަކާއި ރީޓެއިލް ޕާޓްނަރ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.