ދިރާގު

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއިން އަގުހުރި އިނާމުތަކެއް

Jun 22, 2023

ބޮޑު ޗުއްޓީއަށް ހާއްސަކޮށް ދިރާގުން ލަކީ ޑްރޯއެއް ފަށައިފި އެވެ.

ދިރާގުން މިއަދު ފެށި ޕްރޮމޯޝަން ޖުލައި އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ޕްރޮމޯޝަންގައި 100 ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާއެއް ނުވަތަ ފައިބަ ބްރޯޑްބޭންޑް ބޫސްޓާއެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ފަސް ނަސީބުވެރިންނަށް އަގުހުރި އިނާމު ލިބިގެންދާނެ އެވެ.

ލަކީ ޑްރޯގެ އިނާމުތައް

  • ގޯ ޕްރޯ ހީރޯ 11
  • ޕީ.އެސް5 ޑިސްކް އެޑިޝަން
  • އެއާޕޮޑްސް ޕްރޯ
  • 5ޖީ ވަޔަލެސް ރައުޓާ
  • ސާފޭސް ޕްރޯ 9

ލަކީ ޑްރޯއާ ގުޅޭ ގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ދިރާގުގެ އަމާޒަކީ މި އަގުހުރި އިނާމުތަކާއެކު ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމެވެ.

"އަދި އަޅުގަނޑުމެން ދާދި ފަހުން ތައާރަފްކުރި ތަފާތު ރޭންޖްތަކުގެ 100ޖީބީ ޑޭޓާ ޕެކްތަކާއި ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ބޫސްޓާތަކުން މި ޗުއްޓީ ދުވަސްވަރުގައި ކަސްޓަމަރުންގެ ހުރިހާ ޑޭޓާ ބޭނުންތަކެއް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރަން،" ޖައިޝާން ވިދާޅުވި އެވެ.

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއާ ބެހޭ އިތުރު މަޢުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.