މަކުނުދޫ

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުން ބިގްފިޝްއަށް

ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ބިގްފިޝް މޯލްޑިވްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ބިގްފިޝްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހްމަދު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެވެ.

ބިގްފިޝް މިމަސައްކަތްތައް ހަވާލުކުރީ 16 މިލިއަން ޑޮލަރަށެވެ. މިމަސައްކަތްތައް ނިންމަން ދީފައިވަނީ 550 ދުވަހެވެ.

ބިގްފިޝްއާ ހަވާލުކުރެވުނު މަސައްކަތްތައް

  • އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުން
  • 3،493 މީޓަރުގެ ރިވެޓްމަންޓް ޖެހުން

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކުރީ ޑިސެމްބަރު 20، 2021 ގައެވެ. އެއީ ހދ. މަކުނުދޫއާއި، ށ. ބިލެތްފަހިއާއި، ބ. ތުޅާދޫއާއި، ރ. އަތޮޅު ދެކުނު ބިތުގެ ރަށެއްގައި އަޅާ އެއާޕޯޓަކާއި، ފ. މަގޫދޫގެ އިތުރުން ތ. ވިލުފުށްޓެވެ. ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައި ކަމަށް މިމަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވާފަ އެވެ.

ސަރުކާރުން އެއާޕޯޓް އަޅަން އިއުލާންކުރި ރަށްތަކުގެ ތެރެއިން މިވަގުތު އަމަލީ މަސައްކަތް ހިނގަނީ ހަމައެކަނި މަގޫދޫގަ އެވެ.