ފިނިޕޭޖް

ހަތަރު އަހަރަށްފަހު ޑޯޖާ ކެޓްގެ ފުރަތަމަ ޓުއާ

ހަތަރު އަހަރަށްފަހު ޑޯޖާ ކެޓްގެ ފުރަތަމަ އުތުރު އެމެރިކާ ޓުއާ -- "ސްކާލެޓް ޓުއާ" އިއުލާންކޮށްފި އެވެ.

"ސްކާލެޓް ޓުއާ" ގައި އައިސް ސްޕައިސް އާއި ޑޯޗީ ވެސް ގެސްޓް ލަވަކިޠޫންތެރިންގެ ގޮތުގައި ބައިވެރިވާނެ އެވެ.

ސޭން ފްރެންސިސްކޯގައި އޮކްޓޫބަރު 31 ގައި ފަށާ މި ޓުއާގައި ޝޯ ދޭ ސިޓީތަކުގެ ތެރޭގައި ލޮސް އެންޖެލިސް، ލާސް ވޭގަސް، ސޭން ޑިއޭގޯ، ޑެންވާ، ޑެލާސް، އެޓްލާންޓާ، މަޔާމީ، ނިއު ޔޯކް ސިޓީ، ބޮސްޓަން، ޑިޓްރޮއިޓް އަދި އިތުރު ސިޓީތައް ހިމެނެ އެވެ. މި ޓުއާ ނިންމާލާނީ ޑިސެމްބަރު 13 ގައެވެ.

ޑޯޗީ މި ޓުއާގެ ފުރަތަމަ ބައިގައި ފެނިގެންދާއިރު، އައިސް ސްޕައިސް ފެންނާނީ ޓުއާގެ ފަހުބައިންނެވެ. އައިސް ސްޕައިސް ވަނީ ދާދި ފަހުން ޓޭލާ ސްފިޓްއާ އެކު "ކާމާ" ގައިވެސް ބައިވެރިވެފަ އެވެ.

ޑޯޖާ ކެޓް މީގެ ކުރިން 2019 ގައި ނެރުނު އަލްބަމް "ހޮޓް ޕިންކް"އާ ގުޅުވާފައި 2020 ގައި ޓުއާއެއް އިއުލާންކުރި އެވެ. ނަމަވެސް، ކޯވިޑް-19 އާ ގުޅިގެން އެ ޓުއާ ކެންސަލް ކުރީ އެވެ.