ފިނިޕޭޖް

ކެލްސީ އާއި ކަވާގާލް ގުޅިގެން ގްލިޓާ ލިކުއިޑް އައިޝެޑޯއެއް ނެރެފި

ކެލްސީ ބެލެރީނީ ކަވާގާލްގެ ގްލިޓާ ލިކުއިޑް އައިޝެޑޯ އިޝްތިހާރެއް
0%
0%
0%

ކަންޓްރީ ލަވަކިޔުންތެރިޔާ ކެލްސީ ބެލެރީނީ، 30، އަކީ ގްލިޓާ ނޫނީ ވިދުމަށް ވަރަށް ލޯބިކުރާ ލަވަ ކިޔުންތެރިއެކެވެ.

އެހެންކަމުން ކެލްސީ މޭކަޕް ކުރުމަށާއި ގްލިޓާ ހޭކުމަށް ކުރާ ލޯތްބާ ގުޅުވާލާފައި، ކަވާގާލް މޭކަޕް ބްރޭންޑާ ގުޅިގެން ގްލިޓާ އެކުލެވޭ ލިކުއިޑް އައިޝެޑޯ ނޮވެމްބަރު އެކެއްގައި ލޯންޗްކޮށްފި އެވެ.

ރޯޒް ގޯލްޑްގެ ޝޭޑްތައް އެކުލެވޭ ފަސް ލިކުއިޑް އައިޝެޑޯ އަކީ ވަރަށް ޕިގްމެންޓް ގިނަ، ގްލިޓާ އަދި މެޓަލިކް ފިނިޝްއެއް ހުންނަ ލިމިޓެޑް އައިޝެޑޯ ތަކެކެވެ.

ކެލްސީ ބެލެރީނީ ކަވާގާލްގެ ގްލިޓާ ލިކުއިޑް އައިޝެޑޯގެ ތެރެއިން

މި އިންސްޕަޔާކޮށްފައިވަނީ ކެލްސީގެ މޭކަޕް ކުރަން އެންމެ ލޯބިކުރާ ސްޓައިލްތަކަކަށެވެ. މި އައިޝެޑޯގެ ކުލަތަކުގެ ނަންތަކަކީ ގްލިޓާ އަޕް، ނޭޝްވިލް ޑްރީމް، ގޯލްޑަން މެޖިކް، ސްޕާކްލީ ބޫޓްސް އާއި ފޮއެވާ އެވެ.

މިއީ ކެލްސީ ކަވާގާލްއާ ގުޅުނު ފުރަތަމަ ފަހަރަށް ވީއިރު، ކެލްސީއަކީ ކަވާގާލް 2017 އަށް ފަހު ގުޅުނު ފުރަތަމަ ސެލެބްރިޓީ އެވެ.

ކެލްސީ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މޫނުގައި ގްލިޓާ ހޭކުމުން ސަކަރާތް ދުވަހެއް ކުރިމަތިނުވާނެ ކަމަށެވެ.

ކެލްސީގެ ކަވާގާލް ގްލިޓާ ލިކުއިޑް އައިޝެޑޯ ވަކިން ވިއްކާ އަގަކީ 13 ޑޮލަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910