ފިނިޕޭޖް

ޖޮސް ސްޓޯން ކައިވެނިކޮށްފި

ކޯޑީ ޑަލުޒް އާއި ޖޮސް ސްޓޯން
0%
0%
0%

ލަވަކިޔުންތެރިޔާ ޖޮސް ސްޓޯން، 36، ކައިވެނިކޮށްފިއެވެ.

ޖޮސް އާއި އޭނާގެ ލޯބިވެރިޔާ އަދި މިއުޒިޝަން ކޯޑީ ޑަލުޒް، 32، ކައިވެނިކުރިކަން ހާމަކުރީ، ޖޮސް މިއުޒިކް އާއި ލަވަ ލިޔުނު "އަ ޓައިމް ޓްރެވެލާސް ވައިފް"ގެ މިއުޒިކަލް ޕްރޮމޯޓް ކުރުމަށް ދިން އިންޓަވިއުއެއްގައެއެވެ.

އޭނާ ކައިވެނިކުރުމަށް ނިންމީ އެ މިއުޒިކަލްގެ ފުރަތަމަ އެކްޓްގައި އެއްލި ވެޑިން ބުކޭ ފައި ކައިރިއަށް ވެންޓުމުން، ގެއަށް ގޮސް ކައިވެނިކުރުމަށް ހިތަށް އަރައިގެން ކަމުގައި ބުންޏެވެ. އެހެންކަމުން ކައިވެނިކުރީ މެހެމާނުންތަކެއް ނުލައި، މިދިޔަ ހަފްތާގައި ނޭޝްވިލް ގައެވެ.

ކޯޑީ ޑަލުޒް އާއި ޖޮސް ސްޓޯން ދެ ކުދިންނާއެކު

ޖޮސް ކައިވެނިކުރުމަށް ލީ އޭސޮސް ސައިޓް އިން މާކުރިން 70 ޕައުންޑަށް ގަނެފައިވާ ހުދުކުލައިގެ ސަމާ ޑްރެސް އެކެވެ. ޖޮސް ބުނި ގޮތުގައި ދެ ކުދިން ވިހެއުމަށްފަހުގައިވެސް ނަސީބަކުން އެ ހެދުން ހެޔޮވަރު ކަމަށެވެ.

ޖޮސް އާއި ކޯޑީ ދިމާވީ 2020ގެ ކޯވިޑް-19ގެ ޕެންޑެމިކްގެ ކުރިން ބެލީޒްގެ އެއާޕޯޓަކުންނެވެ.

މި ދެމީހުންގެ ގުޅުމަށް ދެ އަހަރުގެ ވަޔަލެޓް އާއި 12 މަހުގެ ޝެކަލްޓަން ލިބިފައިވެ އެވެ. މީގެ އިތުރުން ޖޮސް ބުނީ އޭނާ އާއި ކޯޑީ ކުއްޖެއް އެޑޮޕްޓް ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910