ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެޕްރީލްގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް 10 ޕަސެންޓް އިތުރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓްތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ދަތުރުކުރި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސަންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ވީއައިއޭއަށް އިންޓަނޭޝަނަލް 5،841 ފްލައިޓް ދަތުރުކުރި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުކުރި 5،300 ފްލައިޓަށްވުރެ 541 ފްލައިޓު އިތުރުވުމެކެވެ.

އިންޓަނޭޝަނަލް ފްލައިޓް މަހުން މަހަށް

  • ޖެނުއަރީ - 1،673 ފްލައިޓް
  • ފެބްރުއަރީ - 1،391 ފްލައިޓް
  • މާޗް - 1،472 ފްލައިޓް
  • އެޕްރީލް - 1،305 ފްލައިޓް

ޝެޑިއުލް އަދި ކާގޯ 5،168 ފްލައިޓް މިއަހަރުގެ އެޕްރީލްގެ ނިޔަލަށް ރާއްޖެ އައިއިރު ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި 673 ފްލައިޓް މި މުއްދަތުގައި ރާއްޖެއަ އެވެ.

ފްލައިޓްގެ އަދަދު އިތުރުވި ނަމަވެސް ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި 1،020 ފްލައިޓް އައެވެ.

ޝެޑިއުލް އަދި ކާގޯ ފްލައިޓްގެ ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އައީ 4،280 ފްލައިޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910