ދިރާގު

ފުޑް ކާނިވަލްގެ ދިރާގު ސްޓޯލަށް ޒިޔާރާތްކޮށްގެން އެއަޕޮޑްސް ޕްރޯއެއް

Jun 22, 2023

މޯލްޑިވްސް ފުޑް ކާނިވަލްގެ ދިރާގު ސްޓޯލަށް ޒިޔާރާތްކުރާ ނަސީބުވެރި ފަސް ފަރާތަކަށް އެއާޕޮޑްސް ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ދިރާގު ސްޓޯލުން ހިދުމަތެއް ސަބްސްކްރައިބްކުރާ ނުވަތަ ޕްރޮޑަކްޓެއް ގަންނަ ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ރެއަކުވެސް އެއާޕޮޑްސް ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދިރާގު ސްޓޯލްގެ '5ޖީ އެކްސްޕީރިއެންސް ޒޯން' އިން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވާކް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ހަމައެކަނި މޯލްޑިވްސް ފުޑް ކާނިވަލްގެ ދިރާގު ސްޓޯލްއިން ލިބެން ހުންނަ އެކްސްކްލޫސިވް ލިމިޓެޑް ޓައިމް އޮފާތަކެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވްސް ފުޑް ކާނިވަލް، "ޕަވާޑް ބައި ދިރާގު" ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.