ނ. މާފަރު އެއާޕޯޓުން ފެނުނު ކަމަށް ބުނާ ގޮތް ނޭނގޭ ޖަނަވާރު ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
މާފަރު އެއާޕޯޓު ރަންވޭ ކައިރިން ފެނުނު ކަމަށް ބުނާ އެ ޖަނަވާރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ވަރަށް ދުރުން ނަގާފައިވާ ވީޑިއޯގައި ބުޅަލަކަށްވުރެ ބޮޑު ޖަނަވާރެއްދާ މަންޒަރު ފެނެ އެވެ.
މާފަރު ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި އެ ވީޑިއޯ ނަގާފައިވަނީ އެއާޕޯޓުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންތަކެކެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ރިޕޯޓު ލިބުމުން އެއީ ކޯއްޗެއްކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަަސައްކަތުން އެ ޖަނަވާރު ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.