މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރުން ފެނުނީ ނުރައްކާތެރި ޖަނަވާރެއް ނޫން ކަމަށް ނިންމައިފި

Jun 27, 2023
1

ނ. މާފަރު އެއާޕޯޓު ސަރަހައްދުން ފެނުނީ ނުރައްކާތެރި ޖަނަވާރެއް ނޫން ކަމަށް ނިންމައިފި އެވެ.

މާފަރު އެއާޕޯޓް ރަންވޭ ސަރަހައްދުން ގޮތް ނޭނގޭ ޖަނަވާރެއް މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުން ސިފައިން ވަނީ އެ ޖަނަވާރު ހޯދުމުގެ މަސައްކަތްކޮށްފަ އެވެ.

އެ ރަށު ކައުންސިލް އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިން މިހާތަނަށް ބެލިބެލުމުން އެއާޕޯޓު ސަރަހައްދުން "މިނިކާވަގު" ފަދަ ޖަނަވާރެއް ފެނިފައިނުވާ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯ އެނަލައިޒްކުރުމުން ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާނެއްކަމަށް ނުބެލެވޭ ކަމަށް ސިފައިން ބުނެފައިވާ ކަމަށްވެސް މާފަރު ކައުންސިލުން ވަނީ ބުނެފަ އެވެ.

މާފަރު ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި އެ ސަރަހައްދުން ފެނުނީ ބުޅަލެކެވެ.