ބޮލީވުޑް

"ޖަބް ތަކް ހެ ޖާން"ގައި ޝާހް ރުކްގެ އެކުވެރިޔާގެ ރޯލަށް ވިކީ ނުހޮވުނު

ޝާހްރުކް (ވ)ގެ "ޖަބް ތަކް ހެ ޖާން"ގައި ޝާރިބް (ކ) ކުޅުނު ރޯލަށް ވިކީ ކޯޝަލް އޮޑިޝަން ދިން
0%
0%
0%

ބޮލީވުޑް ފިލްމުތަކަށް ވިކީ ކޯޝަލް ތައާރަފްވީއްސުރެ އޭނާގެ ކުޅުނު ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންގެ ތައުރީފު އިންތިހާއަށް ހޯދި ފިލްމެކެވެ. "މަސާން" އާއި "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ފަދަ ފިލްމުތައް ކުޅެގެން މިއަދު އޭނާ ވަނީ އެންމެ ކުޅަދާނަ އެކްޓަރުންގެ ލިސްޓުގައި ހިމެނިފަ އެވެ.

ނަމަވެސް ޝާހް ރުކް ޚާންގެ "ޖަބް ތަކް ހެ ޖާން"ގައި ޝާހް ރުކްގެ އެކުވެރިއެއްގެ ރޯލަށް ވިކީ އޮޑިޝަން ދީ އެ ރޯލަށް އޭނާ ނުހޮވުނެވެ. ފަހުން އެ ރޯލު ކުޅުނީ ޝާރިބް ހާޝިމީ އެވެ.

ވިކީގެ އަންހެނުން ކެޓުރީނާ ކައިފް ބައިވެރިވި މި ފިލްމުގެ އޮޑިޝަނުން ވިކީ ފޭލްވި ސަބަބެއް ނޭނގެ އެވެ. ޝާރިބްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި މި ވާހަކަ ކިޔައިދީފައި ވެއެވެ. އޭނާ ބުނީ "ޖަބް ތަކް ހެ ޖާން"ގައި އޭނާ ކުޅުނު ކެރެކްޓާއަށް ވިކީ އޮޑިޝަން ދިން ކަމަށް އެ ރޯލަށް ވިކީ ފިޓް ނޫން ކަމަށް ފިލްމު އުފެއްދި ފަރާތަށް ޔަގީންވެގެން އޭނާއަށް އެ ރޯލު ނުދިނީ ކަމަށެވެ.

އޭގެ އެތައް އަހަރެއް ފަހުން ވިކީ އާއި ޝާރިބް އެކުގައި އެއް ފިލްމެއްގައި މަސައްކަތް ކޮށްފައި ވެއެވެ. އެއީ ދާދިފަހުން ރިލީޒްކުރި ވިކީ އާއި ސާރާ އަލީ ޚާންގެ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގައެވެ. މި ފިލްމުގައި ޝާރިބް ކުޅެފައިވަނީ ވިކީގެ ރޯލަށް ވުރެ މާ ކުޑަ ރޯލެކެވެ.

ވިކީ ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ރިލީޒްވާނެ ކަމަށް ބެލެވެނީ މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ "ސާމް ބަހާދުރް" އެވެ. މި ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވަނީ ސާންޔާ މަލްހޯތުރާ އާއި ފާތިމާ ސަނާ ޝޭޚް އެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުފައްދާ ޝާހް ރުކް އާއި ތާޕްސީ ޕަންނޫ ލީޑް ރޯލު އަދާކުރާ "ޑުންކީ"ގައި ވެސް ވިކީ ބައިވެރިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910