އާމިރު ޚާން

ފަހު ފިލްމު ނާކާމިޔާބުވުމުން ބޭނުންވީ ފިލްމީ ދާއިރާ ދޫކޮށްލަން: އާމިރް

އާމިރް ހާން މީގެ ދެ އަހަރު ކުރިން ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ" ނާކާމިޔާބުވުމުން ފިލްމީ ދާއިރާ ދޫކޮށްލަން ބޭނުންވި ކަމަށް އޭނާ ބުނެފި އެވެ.

އާމިރުގެ އެ ފިލްމާ ބެހޭގޮތުން މިފަހުން ވާހަކަދައްކަމުން އޭނާ ބުނީ އެ ފިލްމު ނާކާމިޔާބުވުމުގެ ސަބަބުން އޭނާއަށް ވަރަށް ފުންއަސަރުތަކެއް ކުރި ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ރިލީޒް ކޮށްފައިވާ "ލާލް ސިންގް ޗައްދާ" އަކީ ޓޮމް ހޭންކްސް ކުޅުނު ހޮލީވުޑް ފިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް"ގެ ރީމޭކެކެވެ. އޭގެ ސަބަބުން އެ ފިލްމަށް އިންތިޒާރުކުރި މީހުން ފިލްމާ މެދު ފޮނި އުއްމީދުތަކެއް ކުރި އެވެ.

ނަމަވެސް ފިލްމު ރިލީޒް ކުރުމާއެކު ކުރިން ހީކުރި ގޮތާ ހިލާފަށް ގިނަ ބައެއްގެ ފާޑުކިޔުން ފިލްމަށް އަމާޒުވި އެވެ. ސަބަބެއްގެ ގޮތުގައި ބައެއް މީހުން ބުނީ ފިލްމުގައި އާމިރުގެ ރޯލު އޭނާ ކުޅުނީ އެހާ ރަނގަޅަކަށް ނޫން ކަމަށެވެ.

އެ ފާޑުކިޔުންތަކަށް އެއްބަސްވަމުން އާމިރު ބުނީ އޭނާގެ ހުށަހެޅުން އެ ފިލްމުގައި ރަނގަޅު ނޫން ކަން އޭނާ ގަބޫލުކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅު ކުރާނެ ކަމަށެވެ.

ދެން އެންމެ އަވަހަށް އާމިރު ފެނިގެންދާނީ އަދުވައިތު ޗަންދަން ޑައިރެކްޓް ކޮށްފައިވާ ފިލްމު "އެލްއެސްސީ" އިންނެވެ. އެ ފިލްމުގައި އާމިރުގެ އިތުރުން ކަރީނާ ކަޕޫރާއި، މޯނާ ސިންގް އަދި ހާއްސަ ސީނަކުން ޝާހް ރުކް ހާން ވެސް ފެނިގެން ދާނެ އެވެ.