ބޮލީވުޑް

ރަން ފައިސާ ފޮތީގައި ޝާހުގެ ސޫރަ

ޝާހް ރުކް ހާން އަދި އޭނާގެ ސޫރަ ޖަހާފައިވާ ފައިސާ ފޮތި
0%
0%
0%

ފްރާންސްގެ ގްރެވިން މިއުޒިއަމްގައި ބަހައްޓާފައިވާ ރަން ފައިސާ ފޮތިތަކުގެ ތެރެއިން ފައިސާ ފޮއްޗެއްގައި ޝާހްރުކް ހާންގެ ސޫރަ ޖެހުމާ ގުޅިގެން މި ޝަރަފް ލިބުނު ބޮލީވުޑްގެ ފުރަތަމަ ޝާހް ވެއްޖެ އެވެ.

ޝާހަށް މި ޝަރަފް ދީފައިވަނީ ކަސްޓަމައިޒް ކޮށްފައިވާ ރަން ފައިސާ ފޮތިތަކުގެ ތެރެއިންނެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ޝާހް އަކީ ބޭރު ގައުމުތަކުން މީގެކުރިންވެސް ތަފާތު އެތައް ޝަރަފެއް އެތައް އެވޯޑެއް ދީފައިވާ ފަންނާނެކެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް، ޗެކް ރިޕަބްލިކް، ތައިލެންޑް، އިންޑިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވަނީ ޝާހްރުކް ޚާންގެ ވެކްސް ބުދުތަކެއްވެސް ބަހައްޓާފަ އެވެ.

ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ޝާހް އަކީ އެންމެ މުއްސަނދި ތަރިންގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345