ބޮލީވުޑް

ޝާހް، ހޮސްޕިޓަލުން ދޫކޮށްލައިފި

May 26, 2024
ޝާހް ރުކް ހާން ކްރިކެޓް މެޗް ސްޓޭޑިއަމްގައި -- ފޮޓޯ: އިންސްޓަގްރާމް
0%
0%
0%

ބޮލީވުޑްގެ ސުޕަސްޓާ ޝާހް ރުކް ހާން މިދިޔަ ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފިލްމީ ތަރި ޝާހް ރުކް ހާން އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސްޓްރޯކެއް ޖެހި، ޑީހައިޑްރޭޓްވެފައި ހުރުމުގެ ސަބަބުން ކަމަށް އިންޑިއާގެ ނިއުސް އެޖެންސީ (އައިއޭއެންއެސް) އިން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގައިފައިވަނީ ޝާހް، އިންޑިއާގެ އަހްމަދަބާދުގައި އޮތް ކްރިކެޓް މެޗެއް ބަލަން ގޮސް އުޅެނިކޮށެވެ.

އިންޑިއާގެ އެ ސަރަހައްދުގައި ހޫނުމިން 48 ޑިގްރީ ސެލްސިއަސްގައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި ފެންމަދުވެ، ހީޓްސްޓްރޯކެއް ޖެހުނީ ކަމަށްވެ އެވެ.

އިންޑިއާގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި ޝާހް ގެންދިޔައީ ޕްރައިވެޓް ހޮސްޕިޓަލެއް ކަމުގައިވާ މަަލްޓިސްޕެޝަލިޓީ ކޭޑީ ހޮސްޕިޓާ އަށެވެ.

އަހްމަދަބާދުގެ ފުލުހެއް މައުލޫމާތު ދީފައިވާ ގޮތުން ހޮސްޕިޓަލުން ދުކޮށްލުމާއެކު ޝާހު ދިޔައީ އެއާޕޯޓަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345