ފިނިޕޭޖް

ޝާހުގެ ތިންވަނަ ފިލްމެއް މިއަހަރު ނެރެނީ

ޝާހްރުކް ޚާންގެ--
0%
0%
0%

ޝާހްރުކް ޚާންގެ ސަޕޯޓަރުންނަށް އޭނާގެ ތިންވަނަ ފިލްމެއް މިއަހަރު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުތައް އާވާން ފަށައިފި އެވެ.

ޝާހްގެ އާ ފިލްމެއް ނުފެންނަތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުން މިއަހަރު ރިލީޒް ކުރި "ޕަތާން" އިން ޝާހް އެނބުރި ސިނަމާތަކަށް އައި އިރު މިފިލްމަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި ޕަތާން މިހާރު ވެފައިވަނީ ބޮލީވުޑްގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށް ވެފަ އެވެ. އަދި ބޮކްސްއޮފީހުގައިވެސް 1،000 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް "ޕަތާން" އަށް ލިބިފައިވެ އެވެ.

ޝާހުގެ ފިލްމެއްގެ ގޮތުގައި ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހު ރިލީޒްކުރާ "ޖަވާން" އެވެ.

ޖަވާންގެ ފަހުން މިއަހަރު ނިމުމުގެ ކުރިން ޝާހުގެ ތިންވަނަ ފިލްމެއް ރިލީޒް ކުރަން ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުގެ ބުނެ އެވެ.

މިއަހަރުގެ ކްރިމަސް ދުވަހާ ގުޅުވައިގެން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނި ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކޮށްފައިވާ އަދި ޝާހް ލީޑް ރޯލް ކުޅެފައިވާ "ޑަންކީ" އިންނެވެ.

ޑަންކީގެ ޓީމުން މިފިލްމު އަޅުވާނެ ދުވަހަކާ ގުޅޭގޮތުންވެސް އަދި ފިލްމާ ގުޅޭގޮތުންވެސް މާގިނަ ވާހަކައެއް ނުދައްކަ އެވެ. ފިލްމު އުފައްދާ ފަރާތުން މިލްމުގެ ޓީޒާއެއް ވަރަށް އަވަހަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345