ފިނިޕޭޖް

"ޑޮން 3"ގައި ޑޮންގެ ރޯލު އަދާކުރަނީ ރަންވީރު

ރޮކީ އޯރް ރާނީ ކިއީ ޕްރޭމް ކަހާނީގެ ކާމިޔާބީއަށްފަހު އުފާކުރަމުންދާ ރަންވީރު ސިންގް "ޑޮން 3" ގައި ޑޮންގެ ރޯލު އަދާކުރަން ތައްޔާރުވެއްޖެ އެވެ.

ރަންވީރު ވެގެންދާނީ އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން އަށް ފަހު މި ރޯލު އަދާކުރާ ތިންވަނަ ޖީލުގެ ތަރި އަށެވެ.

ޝާހް ބޮޑެތި ފިލްމުތަކެއްގައި ބިޒީވެފައިވާތީ ފިލްމަށް ގެނެސްފައިވާ ބައެއް ބަދަލުތަކާ މެދު ހިތްހަމަނުޖެހޭތީ އޭނާ ވަނީ "ޑޮން 3" ދޫކޮށްލާފަ އެވެ.

އެހެންވެ ޑޮން 3ގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު މިހާރު ވަނީ ރަންވީރު ސިންގް "ޑޮން" އަކަށް ހަމަޖައްސައި ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވެފަ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޑޮން 3ގެ ޓީޒާއެއް މި ހަފްތާގައި ދައްކާލާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި "ޑޮން 3"ގެ މަސައްކަތް ފަށާނީ ރަންވީރު ސިންގްގެ ޕްރޮޖެކްޓް ބައިޖޫ ބައުރާއަށް ފަހު އެވެ.