ފިނިޕޭޖް

ރޮކީ އޯރް ރާނީ ކިީ ޕްރޭމް ކަހާނީގެ ކާމިޔާބާއެކު ރަންވީރު އުފަލުން

ރަންވީރު ސިންގް -- ފޮޓޯ: ބޮލީވުޑް ހަންގާމާ
0%
0%
0%

ރޮކީ އޯރް ރާނީ ކިއީ ޕްރޭމް ކަހާނީ އަށް ލިބެމުންދާ ކާމިޔާބީ އާއި މެދު ރަންވީރު ސިންގް އުފަލުން ފޮޅިއްޖެ އެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ވަނީ ފުރަތަމަ ހަފްތާގައި 67.12 ކްރޯޑް ރުޕީސް ހޯދާފަ އެވެ.

ރޮކީ އޯރް ރާނީ ކިއީ ޕްރޭމް ކަހާނީ ކާމިޔާބުވާނެ ކަމަށް ބެލެވުނު ނަމަވެސް ރަންވީރު ސިންގްގެ ފިލމް "ސާކަސް"އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ނުލިބެ އެވެ.


ރަންވީރުގެ އެންމެ ފަހުގެ ފިލްމު -- ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ ކާމިޔާބީއާ ގުޅިގެން އޭނާ ބުނެފައިވަނީ މިއީވެސް ތަޖުރިބާއެއް ކަމަށެވެ.

"ތިމާގެ ކާމިޔާބީތަކަށްވުރެ ބޮޑަށް ތިމާގެ ނާކާމިޔާބީތަކުގެ ފިލާވަޅުތަކުން ދަސްވާނީ" ސާކަސްގެ ނާކާމިޔާބީ އާއި މެދު ވާހަކަދައްކަމުން ރަންވީރު ބުންޏެވެ.

އޭނާ ބުނީ ކާމިޔާބީއާއި ނާކާމިޔާބީއަކީ ދިރިއުޅުމުގެ ބައެއް ކަމަށެވެ. އަދި ހިންދީ ފިލްމުތަކުގެ ބައެއްގެ ގޮތުގައި އުޅެން ލިބުމަކީ އޭނާއަށް އަޖައިބެއް ކަމަށާއި ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގައި އޭނާ ކުޅުނު ކެރެކްޓާ ރޮކީ އަކީ އޭނާ ވަރަށް ޝައުގުވެރިކަމާއި އެކު ކުޅުނު ރޯލެއް ކަމަށްވެސް ރަންވީރު ބުންޏެވެ.

ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގައި ދަރުމެންދްރާ، ޖަޔާ ބައްޗަން، ޝަބާނާ އަޒްމީ، ޓޯޓާ ރޯއީ ޗައުދަރީ އަދި ޗުރްނީ ގަންގޫލީ ވެސް ފެނިގެންދެ އެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ މިދިޔަ ޖުލައި 28 ގައެވެ.=

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345