ފިނިޕޭޖް

ޝާހްރުކް ހާންގެ "ޖަވާން" ޕްރިވިއު ޖުލައި 10ގައި

"ޖަވާން" ފިލްމްގެ ޕޯސްޓަރެއް
0%
0%
0%

ޝާހްރުކް ހާންގެ ފިލްމް "ޖަވާން"ގެ ޕްރިވިއު ޖުލައި 10 ގައި ބޭއްވުމަށް ނިންމައިފި އެވެ.

ޝާހްރުކް ޚާންގެ އެންމެ ފަހުގެ ފިލްމު ޕަތާން ބޮކްސް އޮފީހުގައި ބޮޑު ހިޓަކަށް ވެފައިވާއިރު އޭނާގެ ކުރިއަށް އޮތް ފިލްމު ޖަވާން އަށް ވެސް ފޭނުން ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.

ބޮލީވުޑްގެ ސުޕަސްޓާ ޝާހް މިހާރު ބިޒީވެގެން އުޅެނީވެސް އެޓްލީ ޑައިރެކްޓްކުރާ "ޖަވާން" ރިލީޒް ކުރުމަށެވެ.

ފިލްމު އިއުލާން ކުރި ފަހުން ފޭނުން ތިބީ ފިލްމުގެ އަޕްޑޭޓެއްގެ އިންތިޒާރު ގައެވެ. ްއެހެންވެ ޖަވާން ޕްރިވިއު ރިލީޒްކުރާނެ ތާރީހެއް ހާމަކުރުމަކީ ފޭނުންނަށް ލިބުނު އިތުރު އުފަލެކެވެ.

މީގެ އިތުރުން ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކެޓް (ސީބީއެފްސީ)ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ޕްރިވިއު އޮފް ޖަވާންގެ ދިގުމިނަކީ ދެ މިނެޓާއި 15 ސިކުންތެވެ. އަދި ޕްރިވިއުއަށް ވަނީ ޔޫއޭ ސެޓްފިކެޓެއްވެސް ލިބިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345