ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ޝާހް ރުކާއި ކެޓުރީނާ އަށް ވެސް ކޮވިޑް ޖެހިއްޖެ

ކަރަން ޖޯހަރްގެ 50 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ޕާޓީއަށް ދިޔަ ގިނަ އަދަދެއްގެ ފިލްމީ ތަރިންނަށް ކޮވިޑް ޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން އިއްޔެ ޚަބަރު ފެތުރުމުން ކަރަންގެ ޓީމުން ވަނީ އެ ޚަބަރު ދޮގު ކޮށްފަ އެވެ. ނަމަވެސް މި ޕާޓީއަށް ދިޔަ ގިނަ އަދަދެއްގެ ފިލްމީ ތަރިންނަށް ކޮވިޑް ޖެހިފައިވާކަން އެއީ ހަގީގަތެކެވެ.

ކުރިން އެނގިފައި އޮތީ އަދިތުޔާ ރޯއި ކަޕޫރާއި ކާރްތިކް އާރްޔަން ކޮވިޑަށް ޕޮޒިޓިވް ވީ ވާހަކަ އެވެ. ކާރްތިކް ޕާޓީއަށް ނުދިޔަސް އޭނާއަށް ކޮވިޑް ޖެހުނީ އެ ޕާޓީއަށް ދިޔަ ބަތަލާއެއްގެ ފަރާތުންނެވެ. އަދި އަކްޝޭ ކުމާރު ވެސް ދެ ވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝާހް ރުކް ޚާނާއި ކެޓުރީނާ ކައިފް ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޝާހް ރުކް އަށް ކޮވިޑް ޖެހިފައިމިވަނީ އޭނާގެ އާ ފިލްމު "ޖަވާން" ގެ ޕޯސްޓަރު ރިލީޒް ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ކެޓުރީނާ ވެސް ކޮވިޑަށް ޕޮޒިޓިވް ވިޔަސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. ކެޓުރީނާ އަށް ވެސް ކޮވިޑް ޖެހިފައިމިވަނީ ދެ ވަނަ ފަހަރަށެވެ.

އިންޑިޔާގައި ޚާއްސަކޮށް ބޮމްބޭ އެ ސްޓޭޓަކަށް ނިސްބަތްވާ މަހަރަޝްތުރާގައި ކޮވިޑް ކޭސްތައް އާދަޔާޚިލާފަށް ގިނަވަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ބޮމްބޭ މުނިސިޕަލް ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި މަހަރަޝްތުރާ ސިޓީ ހައި އެލާޓްގައި އޮތުމަށާއި ގިނަ މީހުން ބައިވެރިވާ ޕާޓީތައް ބޭއްވުން ވަގުތީ ގޮތުން ހުއްޓާލަން ވަނީ އިލްތިމާސް ކޮށްފަ އެވެ.