ހަބަރު

ޕީޖީ އޮފީހަށް ފުލުހުންގެ އެއްބާރުލުން ލިބޭ: ބިޝާމް

ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ޕްރެސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ބިޝާމް މިހެން ވިދާޅުވީ، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނާ ބައްދަލުކުރައްވަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީންނާއެކު ބޭއްވި ބައްދަލުވުމުގައި ކޯޓުން ފުލުހުންނާ ގުޅޭގޮތުން ފާހަގަކޮށްފައިހުރި ކަންކަން ހިއްސާކުރައްވާފަ އެވެ. އަދި ފުލުހުން ތަހުގީގުކޮށް ދައުވާކުރުމަށް ފޮނުވާ މައްސަލަތަކުގައި ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކުރެއްވި އެވެ.