ހަބަރު

ނާޒިމް މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދީފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އޭޑީކޭގައި ފަރުވާ ދިނުމަށް މާލެ ގެނެއްސި އެވެ. އޭނާއަށް މިއަދު ފަރުވާ ދިން އިރު ގާތްގާތުގައި އޭނާ ފަރުވާ ހޯއްދަވާތާ ދުވަސްކޮޅެއްވެއްޖެ އެވެ.

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނާޒިމަށް ފަރުވާ ދިނުމަށް މީގެ ކުރިން ވެސް ވަނީ އެތަށް ފަހަރެއްގެ މަތިން މާލެ ގެނެސް ފަރުވާ ދީފަ އެވެ.

ކަރެކްޝަން ސާވިސްގެ އޮފިޝަލެއް "އަވަސް" އަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 9:00 އެހާ ކަންހާއިރު ނާޒިމް އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށާއި އަދި އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު އަނބުރާ ފުރުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނާޒިމްގެ އާއިލާ އިން ބުނާގޮތުގައި ނާޒިމަށް ފަރުވާ ދެމުން އަންނަނީ އޭނާގެ ލޮލަށް ދިމާވެފައިވާ މައްސަލަ އަކަށެވެ. އަދި އެ ބަލި އިތުރަށް ބޮޑުވާ ކަމަށްވެސް އާއިލާ އިން ބުނެފައިވެއެވެ.