ހައްޖުގެ އަޅުކަން

އިތުރު ހައްޖުވެރިޔަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ އިތުރު ހައްޖާޖީއަކު ނިޔާވެއްޖެ އެވެ.

ރާއްޖޭގެ ހައްޖު މިޝަނުން ބުނި ގޮތުގައި އިއްޔެ ނިޔާވީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން (72އ) އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދިޔަ އަލީ ހަސަން ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖޭ ގަޑިން އިއްޔެ އިރުއޮއްސި 6:17 ގައި ކަމަށް ހައްޖު މިޝަނުން ބުނެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ އިތުރު ހައްޖާޖީއަކުވެސް ވަނީ ނިޔާވެފަ އެވެ.